އަވައްޓެރި ފުލުހުންގެ ހަފުތާ ނިންމާލުމަށް މ. އަތޮޅު މުލީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މިއަދު ހަވީރު މުލީ ފުޓްސެލްދަނޑުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި މުލީގެ މުއައްސަސާތަކުންނާއި ކުންފުނިތަކުން ވަރަށްބޮޑު އެއްބާރުލުމެއް ދެއްވިކަމަށް، މ. އަތޮޅު ޕޮލިސްޓޭޝަންގެ އިންޗާޖް އިއުތިމާދު އަހުމަދު ސައީދު ވިދާޅުވިއެވެ.

މި ކުޑަކުދިންގެ ހަވީރުގައި ތަފާތު ކުޅިވަރުތަކުގެ އިތުރަށް އެމްޓީސީސީގެ އުޅަނދުތައް ދައްކާލުމައި ކުދިންނަށް އެއުޅަނދުތަކުގައި ފޮޓޯނެގުމުގެ ފުރުޞަތު ދެއްވިއެވެ.

މުލީގައި ނޫނަސް ރާއްޖޭގެ އެކި ރަށްރަށުގައި ފުލުހުން، ރާވައިގެން މިއަދު ކުޑަކުދިންގެ ހަވީރުތައް ބާއްވާފައި ވެއެވެ. މިގޮތުން ހުޅުމާލެ ސެންޓަރަލް ޕާކުގައިވެސް ވަރަށް ކުލަގަދަ ކުޑަހަވީރެއް މިއަދު ބާއްވާފައިވެއެވެ.