ބައިނަލްއަގުވާމީ ރަހްމަތްތެރި ކަމުގެ މެޗެއްގައި ސިންގަޕޫރުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި 1-1 އިން އިންޑިޔާއިން ރޭ އެއްވަރު ކޮށްފިއެވެ.

ފީފާއިން ރަހްމަތްތެރިކަމުގެ މެޗެއްގެ ގޮތުގައި މިިމެޗް ގުނިނަމަވެސް، މިއީ ވިއެޓްނާމުން "ހަންގ ތިން ޓޯނަމެންޓް" ގެ ނަމުގައި 3 ގައުމުގައި ބާއްވާ އެކުވެރިކަމުގެ މުބާރާތުގެ މެޗެކެވެ.

އިންޑިޔާއިން ސިންގަޕޫރު ކައިރީގައި މެޗް ޑޮމިނޭޓް ކޮށްގެން ކުޅެމުން ދަނިކޮށް ސިންގަޕޫރުން ލީޑް ނެގީ 37 ވަނަ މިނެޓުގައި އިކްސަން ފަންދީގެ ލަނޑުންނެވެ. އޭގެ ހަމިނެޓް ފަހުން އިންޑިޔާއިން ނަތީޖާ އެއްވަރު ކެޕްޓަން ސުނިލް ޗެތުރީގެ ޕާހަަކުން އާޝީގް ކުރުނިޔަންގެއެވެ.

މެޗުން މޮޅު ނުވެވުމުން ހިތްހަމަ ނުޖެހިފައި ހުރެ ތަޖުރިބާކާރު ފޯވާޑް ޗެތުރީ ބުނީ މިއަށްވުރެ ރަނގަޅަށް ސިންގަޕޫރު ކައިރީގައި ކުޅެވޭނެ ކަމަށެވެ. "އަހަރެމެންނަށް ރަނގަޅު ކުރެވޭނެ ބައިވަރު ކަންކަން މެޗުން ފާހަގަ ކުރެވުނު" ޗެތުރީ ބުންޏެވެ.

މިސީރީޒްގައި އިންޑިޔާ ދެވަނަ މެޗުގައި ކުރިއަށް އޮތް އަންގާރަ ދުވަހު ބައްދަލު ކުރާނީ ވިއެޓްނާމްއާއެވެ. ވިއެޓްނާމަކީ ތައިލެންޑާއި އިންޑޮނޭޝިޔާ އަދި މެލޭޝިޔާ ހިމެނޭ އާސިއާން ޒޯނުގައި މިވަގުތު އޮތް އެންމެ ވަރުގަދަ ގައުމެވެ.