ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ވަނީ 66 އިންސައްތަ ނިމިފައި ކަމަށް ވެސް ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން:
- ފަތާ ސަރަހައްދެއް ތަރައްގީ ކުރުން
- 870 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 19.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.