ބ. އަތޮޅު ކެންދޫ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފިއެވެ.

މިއީ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން އެސަރަހައްދުގެ ބޭރުތޮށި ލުމުގެ މަސައްކަތުގެ 65 ޕަސެންޓު މިހާރުވަނީ ނިމިފައި ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • ފަތާ ސަރަޙައްދެއް ކޮނުން
  • 803 މީޓަރު ބޭރުތޮށި ލުން
  • 110 މީޓަރުގެ ރިވެޓްމެންޓް ޖެހުން
  • 90 މީޓަރުގެ ގްރޮއިން ޖެހުމް ހިމެނެއެވެ.
  • މިއީ 41.1 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.