އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ މ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެރަށްތަކުގެ ސްކޫލްތަކުގެ ފޮތްހަދިޔާ ކުރަށްވައިފިއެވެ. ވޭވަށު ސްކޫލާއި ދިއްގަރު ސްކޫލްގެ އިތުރަށް މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީއަށް މިނިސްޓަރ ފޮތް ހަދިޔާކުރެއްވިއެވެ.
މިނިސްޓަރގެ މިދަތުރުފުޅުގައި ސްކޫލު ތަކުގެ މުދައްރިސުންނާއި ސީނިއަ މެނޭޖްމަންޓްގެ އިތުރަށް ޕީޓީއޭއާއިވެސް ބައްދަލުކުރެއްވިއެވެ. އަދި މި ބޭފުޅުންގެ ވާހަކަތައް އަޑުއައްސަވައި ސްކޫލްތަކަށް ބޭނުންވެފައިވާ ކަންތައްތައް ކޮށްދެއްވުމަށް މަސައްކަތްކުރަށްވާނެކަމަށް ވިދާޅުވިއެވެ.
އެޑިޔުކޭޝަންމިނިސްޓަރގެ މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ އިސްވެރިންނާއި ދިއްގަރުދާއިރާގެ މަޖުލިސް މެންބަރު ބައިވެރިވެ ޑައިގެންނެވިއެވެ.