މިނިސްޓްރީއޮފް ހޯމްއެފެއާޒުން ހާމަކުރަށްވާފައިވާގޮތުގައި މިއަހަރުގެ ޤައުމީދުވަސް ރަސްމީކޮށް ފާހަގަކުރަނީ ހއ. އުތީމުގައެވެ. އަދި އުތީމުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވާނެ ކަމަށް ހޯމް މިނިސްޓްރީ ހާމަކުރެއްވިއެވެ.

ޤައުމީދުވަހުގެ ޚާއްޞަ ޕޮރޮގްރާމުތަކުގެތެރޭގައި 26 ސެޕްޓެމްބަރ 2022 ވާ ހޯމަދުވަހުގެރޭ 20:15 ގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި ހއ. އުތީމުގެ ރައްޔިތުންބާއްވާ ރޭގަނޑު ޖާފަތުގައި ސަގާފީ ޙަރަކާތްތަކުގެ އިތުރަށް މުޙައްމަދުތަކުރުފާނުގެ ވާހަކަ އޮވެއެވެ.

މީގެއިތރުން ގައުމީދުވަހު ހެނދުނު 6 ޖަހާއިރު އުތީމުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވައެވެ. މި ދިދަނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ މީހުންދިރިއުލޭ ހުރިހާރަށެއްގައިވެސް 27 ސެޕްޓެމްބަރު ވާދުވަހުގެ ހެނދުނު 6 ޖަހާއިރު އޮންނާނެއެވެ.

ޤައުމީދުވަހުގެ ޚާއްޞަ ޖަލްސާ އޮންނަނީ އެދުވަހުގެ ހެދުނު 9 ޖަހާއިރު ހައ. އުތީމުގައިކަމުގައި ހޯމްމިނިސްޓްރީން ހާމަކުރިއެވެ.

ޤައުމީދުވަހުގެ ރަސްމީ ޕްރޮގްރާމުގައި ހިމެނޭ ޤައުމީ ދިފާއީ ބާރުގެ ހިނގާލުމެއް ވެެސް އުތީމުގައި އޮންނާނެއެވެ. މި ހިނގާލުން އޮންނަނީ 27 ސެޕްޓެމބަރު 2022 ދުވަހުގެ ހަވީރު 4:30 ގައި އުތީމު ގަނޑުވަރުން ފެށިގެން އެރަށު ބަނދަރު ސަރަޙައްދާ ހަމައަށެވވެ.