ހދ. ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޚިދުމަތްދޭން މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.

މި މަސައްކަތަކީ ސާސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަސައްކަތުގެ އަގަކީ 15،398،304.77 ރުފިޔާއެވެ. މި މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 29 ސެޕްޓެމްބަރ 2019 ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 20 އޮކްޓޯބަރ 2019 ގައެވެ. މަސައްކަތް ނިމުނު ތާރީޚަކީ 16 ޖޫން 2022 އެވެ.

މި މަޝްރޫއުގެ ދަށުން:

  • 4.5 ކިލޯމީޓަރުގެ ފެނުގެެ ނިޒާމުގެ ވިއުގައެއް އެޅުން
  • ދުވާލަކު 40 ޓަނުގެ ފެން އުފައްދާ ދެ އާރުއޯޕްލާންޓް ބެހެއްޓުން
  • ފެން ރައްކާކުރުމަށް 185 ޓަނުގެ ދެ ތާނގީ އަދި ވާރޭ ފެން ރައްކާ ކުރުމަށް 150 ޓަނުގެ ތާނގީއެއް ބެހެއްޓުން
  • 174 ގެއަަށް ފެނުގެ ކަނެެކްޝަން ގުޅައިދިނުން ހިމެނެއެވެ.