ޕާކިސްތާންގެ ސަރުކާރުން ފަރަންސޭސިވިލާތާއި ފަރަންސޭސި ބޮޑު ވަޒީރަށް ފާޑު ކިޔަމުންދާއިރު އުއިގޫރު މުސްލިމުންގެ މައްސަލާގައި ބަހެއް ނުބުނުމަކީ ލަދުވެތިވާން ޖެހޭފަދަ ކަމެއް ކަމަށް ޕާކިސްތާންގެ ނޫސްވެރިއަކު ސިފަ ކޮށްފިއެވެ.

ނޫސްވެރިޔާ ކަންވާރު ޚަލްދޫން ޝާހިދުގެ ލިޔުމެއްގައި ޕާކިސްތާނުން ބައިމަދު މީހުންނާ މެދު މުއާލަމާތު ކުރާ މެދުވެސް ފާޑު ކިޔާފައި ވެއެވެ. އޭނާ ބުނެފައި ވަނީ އޭނާގެ ގައުމުން، ބައިމަދު މީހުންނާ މުއާލަމާތް ކުރާ ގޮތުން އެހެން ގައުމަކަށް ފާޑު ކިޔޭކަށްވެސް ނޯންނާނެ ކަމަށެވެ. ޕާކިސްތާންގެ ބައިމަދު މީހުންގެ އަޅުކަން ކުރާ ތަންތަން އަހަރަށް ވުރެން އަހަރެއް ދަނީ މަދުވަމުން ކަމަށް އޭނާ ބުންޏެވެ.

ޕަޔޯނިއަރ ނޫހުގައި ޝާކިދު ލިޔުނު ލިޔުމެއްގައި މައިގަނޑު ގިތެއްގައި ފާޑުކިޔުން އަމަޒުކޮށްފައި ވަނީ ފަރަންސޭސި ކާޓޫނުގެ މައްސަލާގައި، ފަރަންސޭސި ބޮޑު ވަޒީރު އިމާނުއެލް މެކްރޮން ދެއްކެވި ވާހަކަތަކަށް ޕާކިސްތާނު ސަރުކާރުން ފާޑު ކިޔުމާ ގުޅިގެންނެވެ. އަދި އާންމު ފަރާތްތަކުން ކުރާ މުޒާހަރާތަކާ ވެސް ގުޅިގެންނެވެ.

ޕާކިސްތާންގެ އިންސާނީ ހައްގުތަކާ ބެހޭ ވަޒީރު، ޝީރީން މަޒާރީ، ފަރަންސޭސިވިލާތަށް ފާޑު ވިދާޅުވެ ކުރައްވާފައިވާ ޓުއީޓަކުން ދެ ގައުމުގެ ދެމެދު ސިޔާސީ މައްސަލައެއްވެސް އުފެދުނެވެ. މަޒާރީ ވަނީ އޭނާގެ ޓުއީޓް ޑިލީޓް ކުރައްވާފައެވެ.

ޝާހިދު އިޝާރާތް ކުރިގޮތުގައި ޕާކިސްތާންގެ މިފަދަ ޚާރިޖީ ގުޅުމާ ބެހޭ މައްސަލަތަކުން ގައުމީ ފެންވަރެއްގައި ލަދުގަންނަ މިންވަރަށް ކަންތައްތައް ދެއެވެ.

ޕާކިސްތާންގެ ބޮޑު ވަޒީރު ވިދާޅުވާ ގޮތުގައި ގައުމީ ތައައްސުބް އިތުރު ވެގެން ދިއުމާއެކު، ގައުމުތަކުގައި މުސްލިމުންނާ ދެކޮޅަށް އިސްލާމޯފޯބިއާގެ އަމަލުތައް އިތުރު ވެފައި ވެއެވެ.