ރ. އަތޮޅު ރަސްމާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން މިއދު ބުނީ އެމަސައްކަތް ނިމިފައިވަނީ މިއަދު ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 381 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ، މި މަޝްރޫޢަށް 13.2 މިލިއަން ރުފިޔާ ޚަރަދު ވެފައިވެއެވެ.

އެމްޓީސީސީން މިހާރުވެސް ގެންދަނީ އެތައް ރަށެއްގައި މިފަދަ މަޝްރޫއުތައް ހިންގަމުންނެވެ.