މިއަހަރުގެ ގައުމީދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ނ. ކެދިކުޅުދޫގައި ޕެރޭޑް ބާއްވައިފިކަމުގައި އެމްއެންޑީއެފްއިން މައުލޫމާތުދެއްވިއެވެ.

މިއަދު ހަވީރު ނ. ކެނދިކުޅުދޫގައި ބޭއްވި ޕެރޭޑް ޙަރަކާތް، މިނިސްޓްރޯއޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި، ޗީއޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް ޢަބުދުﷲ ޝަމާލް ބައްލަވާލެއްވިކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.

މި ޕެރޭޑް ބަލާލުމަށޤ ކެނދިކުޅުދޫގެ ގިނަ ރައްޔިތުންވެސް މިއަދު އެރަށުގެ މަގުތަކަށް ނުކުތެވެ.

ގައުމީދުވަހާއި ގުޅިގެން ހއ. އުތީމާއި ނ. ކެނދިކުޅުދޫގެ އިތުރަށް ދެރަށެއްގައި ޕެރޭޑް ބާވާގޮތަށް އެމްއެންޑިއެފްއިން ހަމަޖައްސާފައި ވެއެވެ. އެގޮތުން ދެން ބާއްވާ ޕެރޭޑް އޮންނާނީ މާދަމާ، ނ. ވެލިދޫގައެވެ. އަދި އޮކްޓޫބަރު މަހު 1 ވަނަ ދުވަހު ނ. މަނަދޫގައިވެސް އެމްއެންޑީއެފްގެ ޕެރޭޑް އޮންނާނެކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވިއެވެ.

މިރަށްތަކުގައި ކުރިއަށްގެންދާ ޕެރޭޑްގައި ޙަރަކާތްތެރިވާނީ އެންމެފަހުން ދަސްވެނިވުނު 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފައިންކަމަށްވެސް އެމްއެމްޑީއެފް އިން މައުލޫމާތުދެއްވިއެވެ.