ކ.މާފުށީ ޖަލުގައި ރޭ ޑިއުޓީގައި ހުރި ޒުވާން އޮފިސަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރި ޓްވީޓެއްގައި ބުނީ ޑިއުޓީގައި ހުއްޓައި ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ، ކ.މާފުށީ، ފުންގިރި، އާދަމް ނައުޝާދް (32 އަހަރު) ކަމަށެވެ.

"8 އަހަރާއި 7 މަހާއި 26 ދުވަހުގެ ޚިދުމަތަށް ފަހު، މަރުހޫމުގެ ވަކިވެ ދިޔުމަކީ މި ސާވިސް އަށް ލިބުނު ފުން ހިތާމައެއް. ދުއާއަކީ މާތް ﷲ މަރުހޫމަށް ހެޔޮ ރަހުމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން. އަދި، އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރެއްވުން،" ކަރެކްޝަނަލްގެ ޓްވީޓުގައި ބުނެފައިވެއެވެ.

ނައުޝާދުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދު ހުކުރު ނަމާދަށްފަހު މާފުށީ ކަތީބު ހުސައިން މަނިކް މިސްކިތުގައެވެ.