ހުޅުމާލޭ ފޭސް އެކެއްގައި ޕާކުކޮށްފައި އޮތް ކާރެއްގެ ކައިރީ ބިންމަތީގައި ހުރި ލެއަކީ ބާޒާރުކޮށްގެން ދިޔަމީހަކު އެކާރުގައި ގެއަށް އައިސް ކާރުން ފޭބި ވަގުތު ކޮތަޅުގައި އޮތް ވަޅިއެއް ފައިގައި އެޅިގެން ކަނޑައިގެން ދިޔުމުގެ ސަބަބުން ފޭބި ލެޔެއް ކަމަށް ފުލުހުން ބުނެފިއެވެ.
އެމީހާ ވަނީ ހޮސްޕިޓަލަށް ގޮސް ފައިގައި ބޭސް އަޅާފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މިހާރު ދައުރުވުންދާ ވީޑިއޯއަކުން ފެންނަނީ ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ އެކާރުގެ ކައިރީގައި ވެސް ލޭ ހުއްޓައެވެ. އަދި ކާރުގެ ދޮރާއި ހުންގާނުގައި ލޭ ހުރިތަން ފެނެެއެވެ.