ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ހެނދުނު ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަޙައްދުތަކަށް މިކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެގޮތުން ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މިގޮތުން އެންމެ ބޮޑަށޤ ގަދަވާނީ އުތުރުގެ އަތޮޅުތަކަށާއި މެދުރާއްޖެތެރެއަށް ކަމަށް މެޓް އޮފޫހުން ލަފާކުރެއެވެ.

އެހެންކަމުން ދަތުރުކުރާފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓްއިފީހުން އިލްތިމާސްކުރެއެވެ.

ފާއިތުވި ހަފުތާއިން ފެށިގެން ރާއްޖޭގެ އެކި ސަރަހަށްދުތަކަށް މޫސުން ގޯސްވެ ވިއްސާރަކުރަމުން ގެންދެއެވެ.