އެމްއެންޕީގެ ސަރުކާރެއްގައި ރައްޔިތުންގެ ހާސްކަން ފިލުވައިދެއްވާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.

އެޕާޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ އެމްއެންޕީގެ ވެރިކަމެއްގައި ސަރުކާރުގެ މަގާމެއް އަދާކުރާ މީހަކީ ވަކިޕާޓީއެއްވެގެން ތަފާތު ކުރުމެއް ނުގެންގުޅުއްވާނޭ ކަމަށެވެ. އޭގެ އިތުރުން ކޮންމެ ރައްޔިތަކަށްވެސް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ވަޒީފާގެ މާހައުލެއް ގާއިމުކޮށްދެއްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެ ޕާޓީގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކީ ފުދުންތެރި ރައްޔިތަކަށް ހަދައި ހާސްކަން ފިލުވައިދެއްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެމްއެންޕީގެ ލީޑަރޝިޕްގެ ޓީމެއް މިހާރު ވަނީ ލ. އަތޮޅާއި ތ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. މި ހަރަކާތުގެ ތެރެއިން ޕާޓީގެ މެމްބަރުންގެ އަދަދު އިތުރު ކުރުމުގެ މަސައްކަތާއި ޕާތީގެ ހަރަކާތްތައް މިހާރަށްވުރެވެސް ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މިދަތުރުގައި އެ ދެއަތޮޅުގެ ރަށްރަށުން ޕާޓީއަށް ރަނގަޅު ތަރުހީބެއް ލިބުންދާ ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ.