ކޮޅުމަޑުލު ހިރިލަންދޫ ފެންނަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ކުރިމަގު އުޖާލާ ރަށެއްގެ ގޮތުގައި ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީން މިހެން ބުނެފައިވަނީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމާއި ޕާޓީގެ ޓީމު ތ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ހިރިލަންދުއަށް ވަޑައިގެންނެވުމުން އެރަށުން ލިބުނު ތަރުހީބާ ގުޅިގެންނެވެ.

އެޕީޓީން ވަނީ ލ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ޒިޔާރަތް ކުރައްވައިފައެވެ. އެ ދަތުރުތަކުގައި އެޕާޓީއަށް ތާއީދުއޮތް މިވަރު ވަނީ ހާމަވެގެން ގޮސްފައެވެ. ކޮންމެ ރަށަކުން ވެސް ވަނީ އެމްއެންޕީގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިދަތުރުތަކުގައި އެ ޕާޓީން ވަނީ މެންބަރޝިޕް އިތުރު ކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. އަދި ޕާޓީގެ މެންބަރުންނާ ގާތުން ބައްދަލުކޮށް ކަންކަމާބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.