ޑޮކްޓަރަށް ދައްކަން އަންނައިރު ކުރާނެ ސުވާލުތައް ލިސްޓެއްގައި ލިޔެލައިގެން އައުން އެއީ ބެލެނިވެރިން ނުވަތަ މައިންބަފައިން ލަދުގަންނަން ޖެހޭ ކަމެއްނޫންކަމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރ އަހްމަދު ފައިސަލް އިއްޔެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޑޮކްޓަރަށް ދައްކަން އަންނަ ބެލެނިވެރިން ކުރަންބޭނުންވާ ސުވާލުތައް ލިޔެގެން އައުމަކީ ލަދުގަންނަން ޖެހޭކަމެއް ނޫންކަމަށެވެ. އަދި ލިޔެފައިވާ ލިޔުން ބަލައިގެން ފަހަރަކު ސުވާލެއް ކުރަމުން ގެންދިއުން، ހަނދާންކޮށްކޮށް، ހަނދާން ނުވުމަށްވުރެ މާ ސަޅިކަމަށްވެސް ޑރ ފައިސަލް ވިދާޅުވިއެވެ.

ޑޮކްޓަރ އަހްމަދު ފައިސަލް އަކީ ރާއްޖޭގައި ކުޑަކުދިންގެ ބަލިތަކަށް ފަރުވާ ދިނުމުގައި މަޝްޙޫރު ޑްކޮޓަރެކެވެ. ހަމަ އެހެންމެ ކުޑަކުދިންނަށް ޖެހޭބަލިތަކާއި ކުދިންގެ ސިއްޙަތު ރައްކާތެރިކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ޑޮކްޓަރެއްވެސް މެއެވެ.