ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާ ގުޅިގެން މީހަކު ހޯދަމުންދާކަމަށް ފުލުހުންގެއިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ދާދި ދެންމެއަކު ބުނީ ހޯދަމުންދަނީ، ކ. މާލެ، ހުޅުމާލެ، ގޯތި ނަންބަރު 11399، މުޙައްމަދު އަޛުހާނު އިސްމާޢީލް (31އ) ކަމަށެވެ.

އެހެންކަމުން، މުޙައްމަދު އަޛުހާނު އިސްމާޢީލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެކަން ހިއްސާ ކުރުމަށް ފުލުހުންގެއިދާރާއިން އެދެއެވެ.