ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އޭގެ އިތުރުން އެއްގަމުތޮށި ލުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ،

މި މަޝްރޫއުގެ ދަށުން:

  • 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުން
  • 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
  • ބަނދަރާއި ނެރު ފުންކުރުން
  • ރޭމްޕެއް ހެދުން
  • ވޯރކްވޭ ބްރިޖެއް ހެދުން
  • ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
  • މި މަޝްރޫޢަކީ 33.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.