ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބަންޑް ވޯލްޖެހުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، ރަށުގެ ތަރައްޤީއާއި އެހެނިހެން ބޭނުންތަކަށް ޚާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.

އޭގެ އިތުރުން އެއަރޕޯޓް ތަރައްޤީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމާއި 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 206.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.