މިދިޔަ މަހު 18 އިން ފެށިގެން ގެލިގެން ހޯދަމުންދާ މުޙައްމަދު އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިއަދު ހަވީރު ފެނިފައިވާކަމަށް ފުލުހުން ދާދި ދެންމެއަކު ބުނެފިއެވެ.
ފުލުހުމުހުން މީގެ ކުޑައިރުކޮޅެއްކުރިން ކުރި ޓުވިޓެއްގައި ބުނީ އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 5:45 ހާއިރު ކަމަށެވެ.
އަދި އިތުރުމައުލޫމާތު މިރޭގެ ވަގުތެއްގައި ހިއްސާކުރާނެކަމަށޤ ފުލުހުން ބުންޏެވެ.