ސްކޫލް ދަރިވަރަކު އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބައްލަވަން ފަށްޓަވައިފިއެވެ.
މާލޭގައި ހުންނަ އިންޓަނޭޝަނަލް ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުންދާ ފިރިހެން ދަރިވަރަކު މީގެ ކުރިން އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް އެއްބަސްވެފައިވާ ޗެޓް ލޮގެއްގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މިކަން ކޮށްފައިވަނީ އުމުރުން 15 އަހަރުގެ ދަރިވަރެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑުކިޔަމުން ދަނިކޮށް އެ މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބައްލަވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ދައުރުވަމުންދާ ޗެޓްލޮގްގައި ފިރިހެން ދަރިވަރު ބުނެފައި ވަނީ އޭނާ މިދިޔަ އަހަރު ކުއްޖަކު ރޭޕް ކޮށްފައިވާ ކަމަށާއި އެކަމާ އޭނާ މައާފަށް އެދޭ ކަމަށެވެ