ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ މުވައްޒަފުންނަށް މެރިޓައިމް ސޭޕްޓީ އެވެއަރނަސް ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓުގާޑުން ފަށައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވަނީ އޮކްޓޫބަރު 3 އިން 5 އަށެވެ. މި ޕްރޮގްރާމުގައި ކަނޑުމަތީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭނެެއެވެ. އޭގެ އިތުރުން ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް މޫދުގައި ޢަމަލީގޮތުން ފަރިތަކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހަރަކާތުގައި ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ރިސޯޓުގެ 15 މުވައްޒަފުން ބައިވެރިވެއެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.