ކަރަންޖޯހަރުގެ ދަރިން، އާލިޔާ ބަޓާއި ރަންވީރާ ހަވާލުކޮށްފި

0

ކަރަންޖޯހަރުގެ ދެކުދިން، މިހާރު ބޮލީވޫޑްގައިތިބި އެންމެ މަޝްހޫރު ކަޕްލް ކަމުގައިވާ އާލިޔާ ބަޓް އާއި ރަންވީރު ކަޕޫރާ ހަވާލު ކޮށްފި އެވެ.

Advertisement

މީހަކާނީދެ އެހެން އަންހެނެއްގެ ރަހިމު ބޭނުންކޮށްގެން ކަރަން ޖޯހަރު ހޯދާފައިވާ އެންމާބަނޑު ދެބެއިން ކަމުގައިވާ ރޫޙީ އާއި ޔަޝް ރަންވީރު ކަޕޫރާއި އާލިޔާ ބަޓް އާ ޙަވާލު ކޮށްފައިމިވަނީ، މި ދުވަސްކޮޅު ފަރަންސޭސިވިލާތުގެ ޕެރިހުގައި ކުރިއަށްދާ ފެޝަންވީކެއްގައި ބައިވެރިވުމަށް ކަރަންޖޯހަރު ޕެރިހަށް ދަމުންނެވެ.

ބޮލީވޫޑް ޚަބަރުތައް ބުނާގޮތުގައި ބޮލީވޫޑުގެ ސެލެބްރިޓީންގެ ތެރެއިން ދެން އެންމެ އަވަހަށް އެންގޭޖް ވާނެކަމަށް ބެލެވެނީ ރަންވީރު ކަޕޫރާއި އާލިޔާއެވެ. އެހެންކަމުން ކަރަންގެ ދެކުދިން އެދެމީހުންނާ ހަވާލު ކޮށްފައިވަނީ ކުދިން ބެލުމުގައި ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކަމަށްވެސް ނޫސްތަކުން ބުނެފައިވެ އެވެ.

ރަންވީރު ކަޕޫރާއި އާލިއާ ބަޓަކީ ކަރަންޖޯހަރުގެ ވަރަށްގާތް ދެތަރިންނެވެ.

Advertisements