މިއަދު 1:30 އިން ފެށިގެން މިރޭ 7:30 އާ ހަމައަށް މުޅިރާއްޖެއަށް ވައިޓްއެލާޓް ނެރެފިއެވެ. މެޓު އޮޮފީހުން ބުނެފައިވަނީ މި ވަގުތުގައި ކަނޑުތައް ގަަދަވާނޭ ކަމަށެވެ. އަދި ވައިވެސް ބާރުވާނޭ ކަމަށެވެ.

ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ވެސް ސަމާލުވުމަކީ އެދެވިިގެންވާ ކަމެެއްް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.