ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑޫގައި ހުންނަ މިފްކޯގެ އިމާރާތެއްގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ވެއްޓުނު ބިިދޭސީއަކު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވެފައިވަނީ ވިލިގިލީ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އިތުރުފަރުވާއަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދެމުންދަނިކޮށް އިއްޔެ އިރުއޮއްސި 6:00 ގައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. ވަގުތުން އޭނާ ވަނީ އޭނާ ވަނީ އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިހާދިސާގައިި އެމީހާގެ ބޮލަށް ސީރިއަސް އަނިޔާވަނީ ވެފައެވެ. ހަމަ އެރޭ އޭނާ އައިޖީއެމްއެޗަށް ފޮނުވާލީ އިތުރުފަރުވާ އަށެވެ. އެއީ އުމުރުން 41 އަހަރުގެ މީހެކެވެ.