1 އޮކްޓޫބަރ 2022 ވަނަ ދުވަހު ހިތަދޫ ޕޮލިހަށް ހުށަހެޅުނު، ޕީއެސްއެމް އައްޑޫ މީޑިއާ ސެންޓަރއިން ވައްކަންކޮށްފައިވާ މައްސަލައާއި ގުޅިގެން، އެތަނުން ވަގަށްނަގާފައިވާ ތަކެތި ވަނީ ހިތަދޫ ޕޮލިސްއިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހޯދައިފިކަމަށް އައްޑޫ ޕޮލިސްޓޭޝަނުނުން މައުލޫމާތު ދީފިއެވެ.

މި މައްސަލާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށްވެސް ހިތަދޫ ޕޮލިސްޓޭޝަނުން މައުލޫީމާތު ދިނެވެ.

އެތަކެތި ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނަށް ރައްޔިތުންގެފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ރައްޔިތުންނަށް ފުލުހުން ޝުކުރުއަދާކުރެއެވެ.