ދުނިޔެ ދުވަހަކުވެސް ނުދެކޭ މުއްސަނދިކަމެއް ދަނީ ފެންނަމުންނެވެ. ދުނިޔޭގައި މިހާތު ތިބި މަހާ ސާދާގަރުންގެ ގިނަ މީހުންނަކީ، ހިފާލެވޭ ޒާތުގެ މާއްދީ މުދަލަށް ވުރެން ގިނައިން އިންސާނާގެ ހިއްސުތަކާ ގުޅިފައިވާ، އޭގައި މާއްދާ ނުވަތަ މައުދަނެއް ނުހިމެނޭ ޒާތުގެ މުދަލުން މަހުޖަނުންނަށް ވެފައިވާ މީހުންނެވެ.

މަހާސާދާގަރުންގެ އެންމެ ފަހުގެ ޚަބަރަކީ، އީލޯން މަސްކްގެ މުއްސދިކަން އިތުރުވެ، މާރކް ޒުކަބަރގް ޖަހާލާފަ، ކުރިއަރައިގެން ދިޔަ ވާހަކައެވެ. މިހާރު ދުނިޔޭގައި ތިބި އެންމެ މުއްސަނދި ދެމީހުންނަކީ، ޖެފް ބީޒޯސްއާއި ބިލް ގޭޓްސްއެވެ. ދެމީހުންވެސް މުއްސަނދި ވެފައިވަނީ މައުދަނެއް ނުވަތަ މާއްދާއެއް ހިމެނޭ މުދަލެއް ވިއްކައިގެނެއް ނޫނެވެ. އަދި ބޭޒޯސް ވަނީ މިދިޔަ 11 މަސް ތެރޭ ދުނިޔެ ވަބާއެއްގައި އުޅުނު އިރު އެހެން މީހުންގެ ފަގީރުވަމުން ދިޔައިރު، ކޮންމެ ދުވަހަކުވެސް މުއްސަނދިވަމުން ގޮސްފައެވެ.

ބްލޫމްބަރގްގެ ލިސްޓްގައި ހިމެނޭ މަހާ ސާދާގަރުންނަކީ ކޮން ބައެއް ހެއްޔެވެ؟

1. ޖެފް ބޭޒޯސް 158 ބިލިއަން އެމެރިކާ ޑޮލަރު: މިއީ މުޅި ދުނިޔޭގެ ތާރީޚްގައިވެސް 200 ބިލިއަން ޑޮރަކަށް އެމީހާގެ މުއްސަނދިކަމުގައި އޮތް ފުރަތަމަ މީހާއެވެ.

2. ބިލް ގޭޓްސް 129 ބިލިއަން ޑޮލަރު.

3. އީލޯން މަސްކް 110 ބިލިއަން ޑޮލަރު. ބެޓެރިން ދުއްވާ ކާރު އުފެއްދުމާއި ޖައްވަށް ސެޓެލައިޓް ފޮނުވުމާއި ސެޓެލައިޓާއި މީހުން އުފުލާ ޖައްވީ އުޅަނދު އުފެއްދުމަކީ އޭނާގެ ކުންފުނިތަކުގެ މަސައްކަތެވެ.

4. ފޭސްބުކް ގެ ބާނީ މާރކް ޒުކަބަރގް 104 ބިލިއަން ޑޮލަރު. މިއީ މި ދުނިޔޭގައި ފުރަތަމަ ފަހަރަށް 100 ބިލިއަން ޑޮލަރަށް އެމީހާގެ މުއްސަނދިކަން އެރި ފުރަތަމަ މީހާއެވެ.

5. ބަރނަރޑް އަރނޯލްޓް 102 ބިލިއަން ޑޮލަރު. ހެނެސީ ބްރޭންޑްގެ ކޮންޔަކް އުފެއްދުމާއި ލުއި ވީޓޮންއާއި އެހެނިހެން ލަގްޒަރީ މުދާ އުފެއްދުމަކީ އޭނާގެ މަސައްކަތެވެ.

6. ވޮރެން ބުފޭ. 88 ބިލިއަން ޑޮލަރު. އަބަދުވެސް އެންމެ ކާމިޔާބު އިންވެސްޓަރގެ ލަގަބް ލިބިފައިވާ ބުފޭއަކީ ހިއްސާގެ ބާޒާރުގެ ހަރަކާތްތައް އޭނާގެ ހިއްސުތަކުން ދަނެގަންނަ ކުޅަދާނަ މީހެކެވެ.

7. ލެރީ ޕޭޖް އަކީ ގޫގަލްގެ ބާނީއެކެވެ. 82 ބިލިއަން ޑޮލަރު.

8. ސަރޖީ ބްރިން 80 ބިލިއަން ޑޮލަރު. ގޫގަލްގެ ބާނީއެއް

9. ސްޓީވް ބޯލްމަރ 77.5 ބިލިއަން ޑޮލަރު މައިކްރޯސޮފްޓްގެ ޗީއީއޯ އަކަށް 2000ން ފެށިގެން 2014އަށް ހުންނެވިއެވެ.

10. މުކޭޝް އަމްބާނީ. 75.5 ބިލިއަން ޑޮލަރު. އިންޑިއާގެ ރިލައެންސް އިންޑަސްޓްރީޒްގެ ޗެއަރމަން

11. ފްރާންސްވާ ބެޓެންކޯޓު 74.8 ބިލިއަން ޑޮލަރު ލޯރިއާލްގެ ބާނީގެ ކާފަދަރިފުޅު

12. ލެރީ އެލިސަން 68.9 ބިލިއަން ޑޮލަރު. ސޮފްޓްވެއަރ ކުންފުނި އޮރޭކްލްގެ ބާނީ

13. އެމާންސިއޯ އޯޓޭގާ 67.8 ބިލިއަން ޑޮލަރު. ފެޝަން ހެދުން ފިހާރަތައް ކަމަށްވާ ޒާރާ ގެ ވެރިމީހާ.

14.ރޮބް ވޯލްޓަން 64.2 ބިލިއަން ޑޮލަރު. ވޯލްމާޓްގެ ވާރިސެއް އަދި އެކުންފުނީގެ ކުރީގެ ޗެއަރމަން

15. ޗޮންގ ޝާންޝާން 64 ބިލިއަން ޑޮލަރު. ބޯ ފެން އުފައްދާ ނޮންގފޫ ސްޕްރިންގގެ ޗެއަރމަން