'ވިޔަފާރިވެރިންގެ މިސްކިތު' ގެ ސިޑިބަރީގައި ހޭންޑު ރެއިލިން ހަރުކޮށްފި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ސިޑިބަރީގައި ހޭންޑު ރެއިލިން ހަރުކުރީ ސިޑިއަށް އަރާ ފޭބުމުގައި ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭތީ ކަމަށެވެ. ޚާއްސަކޮށް ވާރޭވެހި ތެމިފައި އޮންނަ އިރު، އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ކުޑަކަމުން، މިސްކިތް ބޭނުންކުރާ ގިނަބަޔެއްގެ އެދުމުގެ މަތީން ހޭންޑް ރެއިންލިންގ ހަރުކުރެއްވީ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިސްކިތްތަކުގައި ހުންނަ މިފަދަ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމުން އެފަރާތްތަކުން ގެންދަނީ އެކަންކަން ރަނގަޅު ކޮށްދެމުންނެވެ.