ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތް މި ހަފްތާގައި ފަށާނޭ ކަމަށް މަސައްކަތާ ހަވާލުވެފައިވާ އެމްޓީސީސީން ބުނެފިއެވެ.
އެކުންފުނީން މިއަދު ބުނީ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ވެސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން:
- 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުން
- 220 މީޓަރު ރިވެޓްމެންޓް ޖެހުން
- 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 28.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.