ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރަސްމީ ދަތުރުުފުޅެއްގައި މާދަމާ ބަހުރެއިނަށް ފުރާވަޑައިގަންނަވަން ނިންމަވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މިއީ ބަހުރައިންގެ ރަސްގެފާން ހަމަދު ބިން އިސާ އަލް ޚަލީފާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅު އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް (5 އޮކްޓޯބަރ އިން 8 އޮކްޓޮބަރ) އަށް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވވެ.