އަންނަ ހަފްތާއިން ފެށިގެން ފައިޒަރގެ ކޮވިޑް ވެކްސިން ޔޫކޭގައި ބޭނުން ކުރުމަށް ހުއްދަ ދީފިއެވެ. މިއީ ފައިޒަރގެ ވެކްސިން ދުނިޔޭގައި ފުޅާދާއިރާއެއްގައި ބޭނުން ކުރުމަށް ހުއްދަ ދިން ފުރަތަމަ ގައުމެވެ. 95 އިންސައްތަ ކާމިޔާބު މި ވެކްސިން އަންނަ ހަފްތާއިން ފެށިގެން ޔޫކޭގައި ދޭން ފަށާނެއެވެ.

އިނގިރޭސިވިލާތުގައި މި ވެކްސިންގެ 40 މިލިއަން ޑޯޒް ލިބެން ހުންނާނެ ކަމަށް ވެއެވެ. އެއީ 20 މިލިއަން މީހުންނަށް ފުދޭނެ ވަރުގެ އަދަދެކެވެ. ކޮންމެ މީހަކަށް ދެ ބުރަކަށް ކަށި ހަރަން ޖެހޭނެއެވެ.

މީގެ ކުރިން ދިހަ އަހަރު ދުވަހުން ވެކްސިނެއް އުފައްދައި އަޖުމަ ބަލައި ޓެސްޓަށް ތަޖުރިބާކުރާ މަސައްކަތް މިހާރު ވަނީ ދިހަ މަހަށް ކުޑަ ކޮށްލެވިފައެވެ.

މި ވެކްސިން ޖަހަން ތައްޔާރަށް އޮތްކަމަށް 50 ހަސްފަތާލަކުން ވަނީ ބުނެފައެވެ.

ވެކްސިނެއް އަތްމަތިވިއަސް މީހުން ހޭލުންތެރިކަމާއެކު އުޅެ ރައްކާތެރި ފިޔަވަޅު އެޅުމަކީ މިވަގުތަށް އަދިއޮތް އެންމެ ރައްކާތެރި ގޮތެވެ.