ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ޔުޓިލިޓީ ޚިދުމަތްތަކާ ގުޅޭގޮތުން މަރުކަޒުތަކުގެ ވެރިންނާ ފެނަކަކޯޕަރޭޝަންގެ ސީ.އީ.އޯ އަދި މެނޭޖިންޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގެ ޔުޓިލިޓީ ޚިދުމަތްތަކަށް ދިމާވެފައިވާ ދަތިކަމާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނޭ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ފެނަކައަކީ މިފަދަ ކަންކަމުގައި ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދިނުމުގައި އެންމެ ކުރީސަފުގައި ހިމެނޭ ކުންފުުންޏެކެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސައީދު މުޙައްމަދު މިއަދު ވަނީ ގއ. ކަނޑުހުޅުދޫ ކައުންސިލް މެންބަރުންނާވެސް ބައްދަލުކުރައްވައި، ކަނޑުހުޅުދޫގައި ފެނަކައިން ދޭ ހިދުމަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.