ހއ. އަތޮޅު ކައުންސިލް މެމްބަރުން ފެނަކަ ކޯޕަރޭޝަންގެގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައިދު މުހައްމަދާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު ބޭއްވި މ ިބައްދަލުކުރެއްވުމުގައި ވަނީ އެކުންފުނީން ހއ.އަތޮޅު ރަށްރަށުގައި ދޭ ޚިދުމަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކާއި ޚިދުމަތް ލިބިގަތުގައި ދިމާވާ މައްސަަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި އެ ދިމާވާ މައްސަލަތައް ހައްލުކޮށް ރަނގަޅު ކުރުމަށް ދެފަރާތުން ވެސް ކުރެވިދާނޭ ކަންކަމާ ބެހޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ.

ފެނަކައަކީ ޔުޓިލިޓީގެ ޚިދުމަތް އެންމެ ފުޅާދާއިރާގައި ރާއްޖޭގައި ދެމުން ގެންދާ އެއްކުންފުންޏެވެ. އެގޮތުން ފެނާއި ނަރުދަމާއި ކަރަންޓުގެ ޚިދުމަތް ފާހަގަކޮށްލެވެއެވެ. މިހާރު އެކުންފުނީން ވަނީ ކުރީން މިފްކޯއިން ހިންގަމުން އައި 14 އައިސްްޕްލާންޓަކާ ހަވާލުވެ އެ ޕްލާންޓުތައް ހިންގަން ފަށައިފައެވެ.