ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ހަދަމުންދާ އޯޑިޓް ތެރެއިން އޮޅުވާލައިގެން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރު ފެންނަމުންދާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމާނާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެގޮތަށް ގަވާއިދާ ޚިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ ބާތިލް ކުރައްވާނޭ ކަމަށެވެ. އެހެންނޫނީ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގައި އޮންނަ ގަވާއިދުގެ ތެރެއިން އެކަންކުރުމަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވެފައިވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަނަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް. ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ކަމަށެވެ.