ބަޔަކު ގަބޫލުކުރިޔަސްނުކުރިޔަސް ރާއްޖޭގެ ފަތުވެރިކަމަށް އެންމެބޮޑު އިންގިލާބެއް ގެނެސްދެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ވިލާ ކުންފުނީގެ ބާނީ ގާސިމް އިބްރާހީމް ކަމަށް ޖޭޕީގެ ނާއިބު ރައީސް އަޙުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ ގާސިމަށް ތައުރީފް ކުރައްވައި އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފިރާގު ސޯޝަލްމީޑިއާގައި ހާމަކުރެއްވި ލިޔުމެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

ފިރާގުވަނީ ގާސިމް ފަތުރުވެރިކަމުގެ ތެރެއަށް ވަންނަވައި ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން އޭސީ ކޮޓަރިތަކުގައި ނިންދަވައި، ސާފު ފެނުން ފެންވެރޭ ގޮތް ހައްދަވައިދެއްވީ ގާސިމް ކަމަށް ވިދާުޅުވެފައެވެ. އޭގެ އިތރުން ސްޕީޑް ބޯޓު ފަހަރުގައި މުވައްޒަފުންނަށް ދަތުރުކުރެވޭނެ އިންތިޒާމް ޖަމަޖެއްސެވީ ވެެސް ގާސިމް ކަމަށް ވިދާޅުވެފައިވެއެވެ.

މިއާބޭހޭ ގޮތުން "ހަލި" އާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވީ ފިރާގުގެ ވާހަކައަކީ ހަގީގަތެއް ކަމަށެވެ. ދިވެހި ފަތުރުވެރިކަމަށް އެންމެ ވަރުގަދަ އިންގިލާބެއް ގެންނެވީ ގާސިމް ކަމަށާއި އެއީ ދިވެހި ފަތުރުވެރިކަމާއި ވިޔަފާރީގެ "ޗެންޕިއަނެއް" ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ތާރީޚު ބަލާ ބަޔަކަށް މިހަގީގަތް ފެެންނާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.