ކ. ހިންމފުށީ ބަނދަރު ތަރަށްޤީކުރުމުގެ މަސްރޫޢު (ދެވަނަ ފިޔަވަހި) ނިމިއްޖެކަމަށް، މިއަދު އެމްޓީސީސީއިން ބުނެފިއެވެ.

ހިންމަފުށީ ބަނދަރު ހެދުމުގެ މަސައްކަތުގެތެރޭގައި އެރަށުގެ އާ ހާބަރ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީއިން މިއަދު ބުނީ މި ހުރިހާ މަސައްކަތެއް މިހާރު ނިމިއްޖެ ކަމަށެވެ. މިއީ 25.88 މިލިޔަން ރުފިޔާގެ މަސްރޫއެކެވެ.