ތައިލެންޑުން ރާއްޖެއަށް މުދާ ފޮނުވާ ކުންފުންޏެއް ކަމަށްވާ ޖަމްބޯ ފޯވާޑިން އިން ރާއްޖެއަށް "ޖަމްބޯސް ކުކިން އޮއިލް" ތައާރަފް ކޮށްފިއެވެ.

ޖަމްބޯ ފޯވާޑިންގެ މެނޭޖިން ޑިރެކްޓަރ އިސްމާޢީލް މޫސާ (ޖަމްބޯ) ހަލިނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ބްރޭންޑު ކުކިން އޮއިލް އަކީ އެކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމަށެވެ. ތައިލެންޑުގައި އުފައްދާ މިބްރޭންޑުގެ ތެޔޮ ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ވެސް މިހާރުވަނީ ތައާރަފްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަމްބޯ ފޯވާޑިން އަލަށް ތައާރަފްކޮށްފައިވަނީ ސަންފުލާވަރ ކުކިން އޮއިލްއާއި ވެޖެޓަބަލް ކުކުކިން އޮއިލް އެވެ.

އޭގެ ތެރޭގައި ހިމެނެނީ 1 ލިޓަރުގެ ފުޅިއާއި 1.9 ލިޓަރުގެ ފުޅިއާއި 5 ލީޓަރުގެ ފުޅިއާއި 18 ލީޓަރުގެ ހަމެވެ. ސަންފުލަވަރ ކުކިން އޮއިލް 1 ލިޓަރުގެ ކޭހެއް މާލެއާ ހަމައަށް ގެންނަން ޚަރަދުކުރަން ޖެހޭ ޖުމްލަ އަގަކީ 17.50 ޑޮލަރެވެ. އެސައިޒުގެ ވެޖެޓަބްލް ކުކިން އޮއިލް ކޭހެއް މާލެއާ ހަމައަށް ގެންނަން ޚަރަދުކުރަންޖެހޭ ޖުމްލަ އަގަކީ 16.50 ޑޮލަރެވެ.

ސަންފުލަވަރ 1.9 ލީޓަރުގެ ކޭހެއް މާލެއާ ހަމައަށް ގެންނަން ޚަރަދު ކުރަންޖެހެނީ ޖުމްލަ 18.50 ޑޮލަރެވެ. ވެޖެޓަބްލް ކުކިން އޮއިލް ކޭހެއް މާލޭއާ ހަމައަށް ގެންނަން ޖުމްލަ ކުރަންޖެހޭ ޚަރަދަކީ 15.60 ޑޮލަރެވެ. ވެޖެޓަބްލް 5 ލީޓަރުގެ ކޭހެއް މާލޭއާ ހަމައަށް ގެންނަން ޖުމްލަ ކުރަންޖެހޭ ޚަރަދަކީ 24 ޑޮލަރެވެ. ވެޖެޓަބްލް 18 ލީޓަރުގެ ހަމެއް މާލެއާ ހަމައަށް ގެންނަން ޖުމްލަ ޚަރަދުކުރަންޖެހެނީ 21 ޑޮލަރެވެ. 18 ލީޓަރުގެ ސަންފުލާވަރ ކުކިން އޮއިލް ހަމެއް މާލެއާ ހަމައަށް ގެންނަން ޚަރަދުކުރަންޖެހެނީ ޖުމްލަ 24.50 ޑޮލަރެވެ.

ތައިލެންޑުގެ ޖަމްބޯ ފޯވާޑިން ކޯ ލިމިޓެޑަކީ އޮންލައިންކޮށް އޯޑަރު ދިނުމުން މުދާ ފޮނުވައިދޭ އަވަސް ޚިދުމަތް ވެސް ދެމުންގެންދާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނީގެ އޮންލައިން ޚިދުމަތް "ޖަމްބޯ ބޮކްސް" ގެ ޚިދުމަތް މެދުވެރިކޮށް އެ މީހަކު ބުނާތަނަކަށް އެ މުދަލެއް ފޮނުވައިދޭނެއެވެ. އެގޮތުން މެލޭޝިއާއިންނާއި، ސްރީލަންކާއިންނާއި ޗައިނާއިންނާއި ބެންކޮކުން ރާއްޖެއަށް މުދާ ފޮނުވައިދޭނެއެވެ.