ހ. ބޮނޑިކަނދޮޅުގޭ، މުޙައްމަދު އަޒުހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާގެ ހަށިގަނޑު ބޭރަށްފޮނުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިގެން އެކަން ތަހުގީގު ކުރުމަށް ބޭނުންވާ އިތުރު ހެކީ ހޯދުމަށެވެ.

ފުލުހުންގެ މީޑިއާއިން މިއަދު ވިދާޅުވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އަޒުހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް، މިއަދު އިންޑިއާއަށް ފޮނުވައިފައިވާ ކަމަށެވެ.

އުމުރުން 27 އަހަރުގެ އަޒުހާން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އޭނާ ހޯދަމުންދަނިކޮށް ފެނިފައިވަނީ އޮކްޓޯބަރު ދެވަނަ ދުވަހުގެ 5:45 ގައެވެ. ހަށިގަނޑުވެފައިވަނީ ހުޅުމާލޭ ވޯޓާ ތީމް ޕާކް ކުރިމަތީ އޮންނަ ހުސްބިމުންނެވެ.