ތޮޅިމިރުހަކީ ހަމައެކަނި ކާއެއްޗހީގެ ކުޅިރަހަ ހެޔޮވަރުކޮށްދީ މީރު ކުޅިރަހައެއްދޭ އެއްޗެއްނޫނެއެވެ. މީގެ އިތުރަށް ހަށިގަނޑަށްބޭނުންވާ ގިނަ ވިޓަމިން ވެސް ތޮޅިމިރުހުން ލިއްބައިދެއެވެ.

ތޮޅިމިރުސް ކެއުމުން ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. ހަށިގަނޑުގެ ލޭގައި އުފެދޭ ނުރަނގަޅު ކޮލެސްޓްރޯލް ދަށްކުރުމަށް ތޮޅިމިރުސް އެހީވެދެއެވެ. އެގޮތުން ދުވާލަކު 2 މިރުސް ކާނަމަ ހަށިގަނޑުގައި އުފެދިފައި ހުންނަ ނުރަނގަޅު ކޮލެސްޓްރޯލް ދަށަށްދެއެވެ. އޭގެސަބަބުން މީހާގެ ބަރުދަން ލުއިވެއެވެ.

ތޮޅިމިރުސް ކެއުމަކީ ހިތުގެ ބަލިތަކުންވެސް ދުރުކޮށްދޭ ކަމެކެވެ. ހިތްހުޓުން، ހިތަށް ލޭފޮނުވައިދޭ ނާރުތަކުގައި ލޭކޮޅެއް ގަނޑުވުންފަދަ ކަންކަމުން ދުރުކޮށްދެއެވެ.

މީގެ އިތުރަށްވެސް ތޮޅިމިރުހުން ސިކުނޑިއަށް ލޭދައުރުކުރާ ނާރުތަކަށްވެސް ފައިދާކުރެއެވެ. އެހެންކަމުން ސިކުނޑީގެ ދުޅަހެޔޮކަމަށްވެސް ތޮޅިމިރުހަކީ ރަނގަޅު އެއްޗެކެވެ.

ގިނަ އަދަދަކަށް ވިޓަމިންސީ އެކުލެވޭ ތޮޅިމިރުހަކީ އަހަރެމެންގެ ރާއްޖޭގައިވެސް ހެދޭ އަދި ފަސޭހައިން ލިބެންހުންނަ ތަރުކާރީއެކެވެ.

މައުލޫމާތު: ފޫޑް ޑޮޓް އެންޑީޓީވީ ޑޮޓްކޮމް