"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2022" މި ނަމުގައި، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ މުބާރާތް ފަސްކޮށްފިއެވެ.

މި މުބާރާތް ފަށަން ކުރިން ހަމަޖެހިފައިއޮތީ މިހިނގާ އޮކްޓޯބަރު 22 ގައެވެ. އެހެނަސް މި މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ އޮކްޓޯބަރު 29 ގައި ކަމަށް އައްޑޫ ސިޓީކައުންސިލުން ވިދާޅުވިއެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލާއި ފުޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ފަސްކުރީ އިދާރީ މުހިއްމު ސަބަބުތަކަކަށްޓަކައި ކަމަށް އައްޑޫ ސިޓީކައުންސިލުން ވިދާޅުވިއެވެ.