ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ދެވަނަ ފިޔަވަހީ)ގެ ދަށުން، ފެންހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 92 ޕަސެންޓް ނިމިފައިވާ ކަމަށްް އެމްޓީސީސީން ބުނެފިއެވެ.

އޭގެ އިތުރުން މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އެކުންފުނީން ބުނީ މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން:

  • 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުން
  • 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
  • ފެންހިންދާ ނިޒާމު ޤާއިމުކުރުން
  • ނިޝާން ހަރުކުރުން
  • މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.