ސަރުކާރުން ވައުދާ އެއްގޮތަށް މަސްވެރީންގެ ކަންކަން ފުރިހަމަ ކުރަމުނުދާތީ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީން މިއަދު ކުރުމަށް ހަމަޖެހިފައިވާ އިހުތިޖާޖަކީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

މި އިހުތިޖާޖު ކުރިއަށްދާނީ މިއަދު ހަވީރު 4:00 ގައި މަސްމާރުކޭޓު ސަރަހައްދުގައެވެ. ޕީޕީއެމްގެ ކައުންސިލް މެމްބަރު މުހައްމަދު އިސްމާއީލް އިއްޔެ ވިދާޅުވީ މިއީ މަސްވެރީންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ބާއްވާ އެއްވުމެއް ކަމަށެވެ. އެހެން ކަމުން ވީހާވެސް ގިނަބަޔަކު އެ ހަރާކާތުގައި ބައިވެރިވުމަށް އޭދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވެފައިވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން މަޑުންތިބެގެން އެކަން ވާކަށްނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެ އުޅުމަކީ ގާނީގޮތުން ލިބިދީފައިވާ ހައްގެއް ކަމަށާއި އޭގޭ ބޭނުން ހިފާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.