ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް މިއަދު ފާހަނގަ ކުރަމުން ދާއިރު ،ދިވެހިރާއްޖޭގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރަން ޖެހިފައިވާ އެތައް ބަޔަކަށް ފަރުވާ ނުލިބިވާކަމީ ހިތާމަކުރާ ކަމެއް ކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ނަފްސާނީ ދުޅަހެޔޮކަންމަތީ ތިބުމަށް ބޭނުންވާ ފަރުވާ އެންމެނަށްވެސް ހެޔޮއަގެއްގައި ލިބެންޖެހޭ،" ކަމަށެވެ.

ސަރުކާރުން ގެންދަވަނީ މިކަމަށް މީހުން ހޭލުންތެރިކޮށް ފަރުވާގެ ނިޒާމު ވަރުގަދަ ކުރުމުގެ މަަސައްކަތް ވެެސް ކުރައްވަމުންނެވެ. އެހެންނަމަވެެސް މިފަދަ ބަލިތަކަށް ފަރުވާ ހޯދަން ޑޮކްޓަރުން ގާތަށް ދިއުމަށް ފަސްޖެހޭ މީހުންވެެސް ވަރަށް ގިިނަކަށް ވަނީ ފާހަގަ ކުރެވިފައެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނަނީ މިފަދަ ބައްޔަކަށް ފަރުވާ ހޯދުމަށް ޖެހިލުުންނުވުމަށާއި މިއީ ސީރިއަސް ކަމެއް ކަމަށެވެ.