ކެއަރ ސޮސައިޓީގެ ދަށުން ހިންގާ ކެއަރ ޑިވެލޮޕްމަންޓް ސެންޓަރުގެ ޓީޗަރެއްގެ މުސާރަ ސްޓެލްކޯއިން ހަމަޖައްސައިދީފިއެވެ. އެގޮތުން އެ ކުންފުނީން ހަމަޖައްސައިދީނި ޓީޗަރެއްގެ އެއް އަހަރުދުވަހުގެ މުސާރައެވެ.
މިކަން ހަމަޖެއްސުމަށްފަހު އެއްބަސްވުމުގައި ވަަނީ ސޮއިވެސް ކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހޯމަ ދުވަހު އެވެ. އެއްބަސްވުމުގައި ސްޓެލްކޯއިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފެވެ. ކެއާސޮސައިޓީން ސޮއި ކުރެއްވީ އެކްޒެކެޓިވް ޑިރެކްޓަރަ އަވެ.
މި އެއްބަސްވުމުގެ ދަށުން ހަމަޖައްސައިދިނީ ކިހާވަރެއްގެ މުސާރައެއް ކަމެއް އެނގިފައެއް ނުވެއެވެެ.