ހުޅުމާލޭ ފިޔަވަހި އެކަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އެމްޑީ އޮމަރް މިއަރ އެވެ. އޭނާގެ އުމުރަކީ 27 އަހަރެވެ.

އެމްޑީ އޮމަރް މިއަރ ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ މަސައްކަތްކުރަމުންދިޔަ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2022 އޮކްޓޯބަރ 8 ވަނަ ދުވަހުއެވެ.

އެމްޑީ އޮމަރް މިއަރ ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވެއެވެ. އެހެންކަމުން އެނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 1 ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.