ޕީޕީއެމް/ޕީއެންސީ އިން އިއްޔެ ބޭއްވި މުޒާހަރާގައި 10 މީހަކު ހައްޔަރު ކޮށްފި ކަމަށް ޕީޕީއެމުން ބުނެފިއެވެ. މުޒާހަރާއިން ހައްޔަރު ކުރީ 7 އަންހެނަކާއި 3 ފިރިހެނުން ކަމަށް ވެސް ޕީޕީއެމުން ބުނެފައިވެެއެވެ.

އިއްޔެ ހަވީރު ބޭޭއްވި މުޒާހަރާއިން ހައްޔަރު މީހުން އަދިވެސް ދުލެއް ނުކުރެެއެވެ. އެ މީހުން ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސީން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

އިއްޔެގެ މުޒާހަރާއަކީ ސަރުކާރުން ވައުދާ އެއްގޮތަށް މަސްވެރީންގެ ކަންކަން ފުރިހަމަ ކުރަމުނުދާތީ އެކަމަށް އިހުތިޖާޖު ކުރުމަށް ބޭއްވި މުޒާހަރާއެކެވެ. އެއީ މަސްވެރީންގެ ހައްގުތައް ހިމާޔަތް ކުރުމަށް ސަރުކާރަށް ގޮވާލައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބޭއްވި މުޒާހަރާއެކެވެ.