އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓުން "މަދްރަސަތުލް އިފްތިތާހް ކެޑޭޓް ކޯރ އެނުއަލް ޖޮއިންޓް ކޭމްޕް 2022" ގައި ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.
ޅ.ނައިފަރުގައި ހުންނަ މަދްރަސަތުލް އިފްތިތާހުން އިންތިޒާމުކޮށްގެން ބޭއްވި ކޭމްޕުގައި ކުރިއަށްގެންދިޔަ މި ކުލާހުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި:
- އަލިފާން ރޯވާން މެދުވެރިވާ ސަބަބުތައް
- އަލިފާން ފެތުރޭ ގޮތްތައް
- އަލިފާނުގެ ބައިތައް
- އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު
- އަލިފާންނިވި
- ފަޔަރ ބްލޭންކެޓު ބޭނުން ކުރާނެ ގޮތް ހިމެނެއެވެ.
މަދްރަސަތުލް އިފްތިތާހުގެ 94 ކެޑޭޓުންނާއި، ބ.ތުޅާދޫ ސްކޫލުގެ 15 ކެޑޭޓުން ބައިވެރިވި މި ފަޔަރ އެވެއަރނަސް ކުލާހުގައި މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.