ހއ. ތަކަންދޫގައި އެމްޓީސީސިން ހަދަމުންދިޔަ ފެރީ ހަޓްގެ މަސައްކަތްތައް ނިމިއްޖެ ކަމަށް އެކުންފުނީން މިއަދު ބުނެފިއެވެ.

މިއީ އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން ޒޯން 1 ގައި ޤާއިމުކުރެވޭ ފެރީ ސްޓޮޕެކެވެ.

ތަކަންދޫ ފެރީ ސްޓޮޕްގައި:

  • ކިއޮސްކަކާއި،
  • ޔުނިވަރސަލް ޓޮއިލެޓެއް
  • ވެއިޓިންގް އޭރިއާއެއް ހިމެނެއެވެ.

އާރް.ޓީ.އެލް. ފެރީ ނިޒާމްގެ ދަށުން މުޅި ރާއްޖެ ގުޅާލުމަކީ ސަރުކާރުން ހިންގާ ބޮޑު މަޝްރޫއެކެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫގެ ސަބަބުން އެންމެހާ ދިވެހި ރައްޔިތުންނަށް އެތައް ގޮތަކުން ލުއި ލިބިގެންދާނެއެވެ.