މުލަަކަތޮޅު މުލިން ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވާ ފުލުހުން ވިދާޅުވެއްޖެއެވެ. އޭނާ ފެނިފައިވަނީ ފަތާފައި ގޮސް ވޭވަށަށް އަރައި ހުއްޓައެވެ.

އޭނާ ގެއްލުނީ ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅެނިކޮށްނެވެ. ގެއްލުނު ފިރިހެން ފަތުރުވެރިޔާ ފަތާފައި އެ އަތޮޅު ވޭވަށަށް އަރައިފި އެވެ.

ރާޅާއަޅަން ފޭބީ ހަތް ފަތުރުވެރިއެެކެވެ. އެތަނުން އެކަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިއަދު 12:47 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެެއެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. އެ މަސައްކަތްކުރަމުންދަނިކޮށް އެމީހާ ފަތާފައި ގޮސް ވޭވަށަށް އަރާފައިވާ ކަމުގެ މައުލޫމާތު މުލީ ކައުންސިލުން އެމްއެންޑީއެފަށް ދީފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭނާ ފެނުނުއިރު ސަރފު ކުރަން ގެންގުޅުނު ބޯޑުވެސް އޮތެވެ. އޭނާގެ ހާލުވެސް ރަނގަޅު ކަމަށް ވޭވަށު ކައުންސިލުން ވަނީ ބުނެފައެވެ.