މިސްރުގެ މިސްކިތެއްގައި ނަށައި ލަވަކިޔާ މަންޒަރު މީސްމީޑިއާގައި އާންމު ވުމާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ މިސްކިތެއްގައި ނަށައި، ބެރުޖަހައި ލަވަކިޔަމުން ދިޔަ މަންޒަރެވެ. މިމީހުން މިއުޒިކު ހަރަކާތް މިސްކިތްތެރޭގައި ބާއްވާފައި ވަނީ މައުލިދުއްނަބަވީ ފާހަގަ ކުރުމުގެ ގޮތުން ކަމަށްވެސް މީޑިއާގައި ބުނެފައި ވެއެވެ.
މި މީހުންގެ ނެށުމާއި ލަވަކިޔުން ބާއްވާފައި ވަނީ މސްޖިދު ސީދީ ބިޝްރުގައެވެ. އެ ޚަބަރު އާންމު ވުމާއެކު މިސސްކިތްތައް ބަލަހައްޓާ އައުގާފް މިނިސްޓްރީން ވަނީ މިސްކިތް ބަލަހައްޓާ ފަރާތާއި މުދިމާއި މިސްކިތުގެ އިމާމު ސަސްޕެންޑް ކޮށް ތަހުގީގެއް ފަށާފައެވެ.